Tuesday, 28 July 2026

ފަލަސްތީނު ޓެލެތޯންއިން 14.8 މިލިއަން ރުފިޔާ ލިބިއްޖެ

އިޒްރާއީލުން ފަލަސްތީނަށް ދެމުންދާ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރިއަށް ގެންދިޔަ ޓެލެތޯންއިން 14.8 މިލިއަން ރުފިޔާ ލިބިއްޖެ އެވެ

އިއްޔެ ހެނދުނު 8:00 އިން ރޭ ދެންވަރު 12:00 ހަމައަށް ކުރިއަށް ގެންދަން ނިންމި ޓެލެތޯން އެ ވަގުތަށް ނިންމައިލި އިރު، ލިބިފައި ވަނީ ޖުމްލަ 13.6 މިލިއަން ރުފިޔާ އެވެެ. މީގެ ތެރޭގައި ހިމެނެނީ 13،133،927ރ. އާއި 33،693.42 ޑޮލަރެވެ. ނަމަވެސް މިއަދު ހަވީރު 6:00 އާ ހަމައަށް ޓެލެފޯން ފަންޑަށް ހަދިޔާ ކުރުމުގެ ވަގުތު އިތުރު ކުރަން ނިންމުމާ ގުޅިގެން ރޭ ދަންވަރު 1:15 އާ ހަމައަށް 14.8 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ޓެލެތޯން ފަންޑަށް ޖަމާވެފައިވާ ފައިސާއާއި ގުޅޭގޮތުން، މިކަމަށް ކަނޑައަޅާފައިވާ މިނިވަން އޮޑިޓް ފާމް ކްރޯ މޯލްޑިވްސްއިން ބުނީ ފައިސާ ގުނުމުގެ ކަންކަން ލަސްވީ ގިނަ ޢަދަދެއްގެ ވަކިލާރި ލިބިފައި ހުރުމުން ކަމަށެވެ. ނަމަވެސް މިހާރު ލިބިފައިވާ ހުރިހާ ފައިސާއެއް ގުނާ ނިމިފައިވާކަމަށް އެ އޮޑިޓު ފާމުން ބުންޏެވެ.

މި ޓެލެތޯނަށް ވަރަށް ގިނަ ފަރާތްތަކުން ފައިސާ ހަދިޔާކޮށްފައިވެ އެވެ. އޭގެ ތެރޭގައި ސަރުކާރުގެ ކުންފުނިތަކާއި އޮފީސްތަކާއި އެކިއެކު މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކުން އަމިއްލަ ފަރުދުން ވެސް ހިމެނެ އެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *