ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) މުވައްޒަފުން ފަލަސްތީނަށް އެހީވުމަށް 2 ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ހަދިޔާ ކޮށްފި އެވެ.
ފަލަސްތީނަށް އެހީވުމަަށްޓަކައި ދައުލަތުގެ މީޑިއާ ޕަބްލިކްސާވިސް މީޑިއާ (ޕީއެސްއެމް)އިން ކިރިޔަށް ގެންދާ ”ފަލަސްތީނާއެކު ދިވެހިން“ ޓެލެތޯންގެ ތެރެއިން އާރްޑީސީގެ މުވައްޒިފުންގެ ފަރާތުންވަނީ، ދެ ލައްކަ ދިހަ ހާސް ފައްސަތޭކަ ނުވަދިހަ ހަތަރު ރުފިޔާ ނުވަދިހަ ފަސްލާރި 2،10،594.95 ހަދިޔާ ކޮއްފަ އެވެ.
ފައިސާ ހަވާލުކުރުމަށް އާރުޑީސީގެ ފަރާތުން ވަޑައިގަނެފައިވަނީ އެ ކުންފުނީގެ މައި އޮފީހުގައި މަސައްކަތް ކުރައްވާ މުވައްޒިފުންގެ ޓީމެކެވެ. އެ ޓީމުން ވިދާޅުވީ އާރުޑީސީގެ ހުރިހާ މުވައްޒިފުންވެސް ތިބީ ފަލަތީނާއި އެކުގައިކަމަށާއި ފަލަސްތީނުގެ މުސްލިމުންނަށް އެހީތެރިވުމުގެ ރޫޙު ވަރަށްބޮޑަށް މުވައްޒިފުންގެ މެދުގަޔާއި ވެރިންގެ މެދުގައިވެސް އޮތްކަމަށެވެ.
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން މި ޓެލެތޯން ފަށާފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަށެވެ. މި ޓެލެތޯން މިއަދު ފައްޓަވައިދެއްވީ އެމަނިކުފާނާއި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދެވެ.


