ކަރަންޓުގެެ މައްސަލަ ދިމާވާ ރަށް ރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް އިތުރު ޖަނަރޭޓަރުތަށް ފޮނުވަން ފަށާއފައިވާ ފެނަކައިން ބުނެފި އެވެ.
ފެނަކައިން ބުނީ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި ގެނައި ޖަނަރޭޓަރުތަކުގެ ކަސްޓަމް ކުލިއަރެންސް ކަންތަށް ނިމި ރަށްރަށަށް ފޮނުވުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް ކަމަށެވެ.
އެގޮތުން އިއްޔެ ހދ. ކުޅުދުފުއްޓަށް ކިލޮވޮޓް އަދި 1200 ކިލޮވޮޓްގެ ދެ ޖެނެރޭޓަރުގެ އިތުރުން ހދ.ހަނިމާދޫ އަށް 1200 ކިލޮވޮޓްގެ ޖެނެރޭޓަރެއް ފޮނުވަން މިހާރު ލޯޑްކުރެވިފައިވާ ކަމަށް ފެނަކަ އިން ބުންޏެވެ.


