ހައްޖުގެ އަޅުކަން އަދާކުރުމަށް ގޮސް އުޅުނު ދިވެއްސަކު ނިޔާވެއްޖެ އެވެ.
ނިޔާވެފައި ވަނީ ރ. ހުޅުދުއްފާރު، ފާޠިމަތު ޙަފީޒާ، 80، އެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ، އޭނާ ނިޔާވީ ރޭގެ ވަގުތެއްގައިކަމަށެވެ. މަރްހޫމާގެ މައްޗަށް ކަށު ނަމާދު ކުރުން އޮންނާނީ މަސްޖިދުލް ޙަރާމްގައިކަމަށްވެސް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވިއެވެ
ރާއްޖެ އިން މި އަހަރު 1،150 މީހުން ހައްޖަށް ދިޔަ އެވެ. އަދި ހުރިހާ އެންމެން ވެސް މި ފަހަރު ހައްޖަށް ދިޔައީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގަ އެވެ.


