ސަގާފީ ގިނަ ހަރަކާތްތަކާއި ހަވާ އެރުވުމާއެކު ހުޅުމާލޭގައި އަޞްޙާ ޢީދު ފާހަގަ ކުރަން ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވިދާޅުވެއްޖެ އެވެ.
އެޗްޑީސީން ވިދާޅުވީ ޢީދު ވިލޭރޭ ވެދުމާ ދިއުމާއި، އަދި ހުޅުމާލޭގެ ޗެނަލް ސަރަހައްދުގައި ޢީދު ބޮޑު ހުޅު އޮންނާނެކަމަށެވެ. ބޮޑު ހުޅު އޮއްނާނީ ޢީދު ވިލޭރޭގެ 21:00ގައި ކަމަށް އެ ކޯޕަރޭޝަންއިން ވިދާޅުވި އެވެ.
އަދި ޢީދު ނަމާދަށް ފަހު ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި “ދިރާގު ޢީދު ބޮޑިބަތް”ނަމުގައި އޮންނަ ޖާފަތަށްފަހު އެ ދުވަހު ހަވީރު ކުޑަކުދިންގެ ހަވީރަކާއި މާލި ޕެރޭޑެއް ބާއްވަން ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ވިދާޅުވި އެވެ.
އީދު ހަވާ އެރުވުން އޮއްނާނީ އީދު ދުވަހުގެ ރޭ 16 ޖޫން ވަނަ ދުވަހުގެ ރޭ 21:00 ގައެވެ.
ވަޅު އީދު ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި އެދުވަހު ކޯޑި ކެނޑުމުގެ އިތުރުން އެރޭ ”ދިރާގު އީދު ޝޯވް އޮންނާނެ އެވެ.
އީދުތަށް ކުލަ ގަދަކޮއް ފާހަގަކޮށް އީދު ބޮކި ދިއްލުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. ކުރިއަށް އޮތް އަޞްޙާ އީދަށް މިހާރު ކައުންސިލްތަކުން ދަނީ ބޮކިފަތިތަކާއި އީދުގެ ދިއްލުންތަކަށް ރަށްތަށް ތަައްޔާރު ކުރަމުންނެވެ.
އަޞްހާ އީދު ގައުމީ ފެންވަރުގައި ރާއްޖޭގެ އުތުރާއި ދެކުނު އަދި މެދުރާއްޖެތެރެއިން 3 ރަށެއްގައި ފާހަގަ ކުރާނެ އެވެ.


