Tuesday, 28 July 2026

ސިނގިރެޓް ބުއިމަށް އަހަރަކު 1.8 ބިލިއަން ރުފިޔާ މީހުން ހޭދަކުރޭ – ހެލްތް މިނިސްޓަރ

ސިގިރޭޓު ބުއިމަށް އަހަރެއްގެ މައްޗަށް 1.8 ބިލިޔަން ރުފިޔާ ހަރަދު ކުރާކަމަށާއި، އެ ފައިސާއިން 50 އެދުގެ 9 ހޮސްޕިޓަލް އެޅޭނެ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޙަލީލް ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ ނުނާސަބާތުގައި ރޭ ނ. މަނަދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު ވިދާޅުވީ ދުންފަތުގެ އިސްތިއުމާލަށް އަހަރަކު 1.8 ބިލިޔަން ހޭދަކުރާކަމަށާއި އަދި ދުންފަތުން ޖެހޭ ބަލިތަށް ނުހަނު ގިނަވެފައި އެ ބަލިތަކަށް ހޭދަކުރަށް ޖެހޭ ފައިސާވެސް ވަރަށް ގިނަ ކަމަށެވެ.

ހަލީލް ވިދާޅުވީ މިކަމުގެ ހައްލުވެސް އޮތީ އަހަރެމެންގެ އަތުގައިކަމަށާއި  އެ ހައްލަކީ ސިގިރޭޓު ބުއިން ހުއްޓާލުން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ސިގިރޭޓު ހުއްޓާލުމުން އަތުންދާ ވަރަށް ގިނަ ހަރަދުތަށް މަދުވެ އާއިލާތަށް ތަހައްމަލް ކުރަން ޖެހޭ ހިތާމަތަކާ ތުރާތަކުންވެސް ސަލާމަތްވާނެ ކަމަށެވެ.

”ކުދިން ސިގިރޭޓު ބޯންފަށަނީ ވަރަށް ޅައުމުރުގައި 8 އަހަރު 9 އަހަރުގައި، އެބަ ސިގިރޭޓު ބޯންފަށާ”ހަލީލް ވިދާޅުވި އެވެ.

ހަލީލް ވިދާޅުވީ މިހާރަކަށް އައިސް އެއްމެ އާމުވެފައިވާ ވޭޕް އަކީވެސް ނުހަނު ނުރަށްކާތެރި އެެއްޗެއްކަމަށާއި ނަމަވެސް މިހާރަކަށް އައިސް ފެންނަނީ ބެލެނިވެރިން އެކަމަކީ މާ ބޮޑު ކަމަކަށް ނަހަދާ ދޫކޮއްލުމަކީ ހިތާމަވެރި ކަން ކަން ކަމަށް ހަލީލު ވިދާޅުވި އެވެ.

”ވޭޕްގެ ނުރައްކާ ބޮޑުކަމުން ދުނިޔޭގެ އެތަށް ގައުމެއްގައި އެދަނީ ވޭޕް ކުރުމާއި އެ އެތެރެ ކުރުން ވެސް މަނާ ކުރަމުން” ހަލީލު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އެކަމުގެ ސަބަބުން މީހާގެ ހަށިގަނޑު އެއްކޮއް ހަލާކުކޮއްލާ އެއްޗެށްކަން އިގޭނެ ކަމަށާއި، ދުފަތާއި ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުވާންޖެހޭ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މިހާރު ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންކުރާ ސާމާނުތަށް މީހުންގެ ޝައުގު ދަމައިގައްނަ ގޮތަށް މާކެޓްކޮއް މީރު ފްލޭވަރީ ރަހަތަކާއި އެކު ނެރޭކަމަށެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *