Tuesday, 28 July 2026

ތޮއްޑޫގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެކަކު ހައްޔަރުކޮށްފި

ތޮއްޑޫ ބްރައިޓް އަންހެން މަގު ބޭރު އަތިރިމަތީގައި ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން އެކަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ތޮއްޑޫ ހޭޅިފަށުގައި އަލިފާން ރޯވެފައިވާ ކަމުގެ ރިޕޯޓު ލިބުނީ ރޭ 21:29 ގައި ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާކަމަށެވެ.

ރޭގެ މި އަލިފާނުގެ ހާދިސާއާއި ގުޅިގެން ފުލުހުންވަނީ 45 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރު ކޮށްފަައެެވެ. ފުލުހުން ވިދާޅުވީ އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުންވަނީ ބަންދަށް ދެ 2 ދުވަސް ޖަހާދީފައިވާ ކަމަށެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *