Wednesday, 29 July 2026

މަޖިލީހުގެ މެޖޯރިޓީ ލީޑަރަކަށް ފަލާހު، މައިނޯރިޓީ ލީޑަރަކަށް ނާޒިލް

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯތިޓީ ލީޑަރާއި މައިނޮރިޓީ ލީޑަރު މަޖިލީހުން އިއުލާން ކުރައްވައިފި އެވެ.

މިއަދު ކުރިއަށް ދިޔަ ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުލްރަހީމް އަބްދުﷲ ވަނީ މެޖޯރިޓީ ލީޑަރަކީ އިގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުކަމަށް އިއުލާން ކުރައްވާފަ އެވެ.

އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ކަމަށް ރިޔާސަތުން މިއަދުވަނީ އިއުލާނު ކުރައްވާފަ އެވެ.

މަޖިލީގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގައި މައިނޯރިޓީ ލީޑަރަކާއި މެޖޯރިޓީ ލީޑަރެއް ހުންނަންވާނެ އެވެ. އެގޮތުން މެޖޯރިޓީ ލީޑަރަކަށް ހުންނަންވާނީ މަޖިލީހުގެ ގަވާއިދު ބުނާގޮތުން އެންމެ ގިނަ ގޮނޑި ހިފަހައްޓާ ޕާޓީންނެވެ. އަދި މައިނޯރިޓީ ލީޑަރަކަށް ހުންނަންވާނީ ދެވަނައަށް މަޖިލީހުގެ އެންމެ ގިނަ ގޮނޑި ހިފަހައްޓާ ޕާޓީގެ އިސް މެމްބަރެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *