Tuesday, 28 July 2026
MV CRISIS

ސީޕްލޭން ވެއްޓިގެން އެއްވެސް މީހަކަށް އަނިޔާއެއްނުވޭ

މޫދަށް ޖައްސަން އުޅުމުގެތެރޭގައި އެއް ކަނދު ހަލާކުވެ ސީޕްލޭން އަޑިޔަށް ދިޔަ ހާދިސާގައި ބޯޓުން ދަތުރު ކުރި މީހަކަށް އަދި ކުރޫ އަކަށްވެސް އެއްވެސް އަނިޔާއެއް ނުވާކަމަށް ސިވިލް އޭވިއޭޝަން އޮތޮރިޓީން ވިދާޅުވެއްޖެ އެވެ.

އިއްޔެ ބ. އަތޮޅު ސީސައިޑް ފިނޮޅު ރިސޯޓުން އެ އަތޮޅު ވެސްޓް އިން މޯލްޑިވްސް މިރިޔަންދޫ އަށް ދަތުރުކުރި ޓްރާސް މޯލްޑިވިއަން އެއާވޯސްގެ ސީޕްލޭން ޖައްސަން އުޅުމުގެތެރޭގައި އެއް ކަނދަށް ގެއްލުންވެ ބޯޓު ހަލާކުވީ ނަމަވެސް ބޯޓަށް ލިބުނީ ކިހާވަރެއްގެ ގެއްލުމެއް ކަމެއް އެ އިދާރާއިން ތަފްސީލެއް ނުކޮށްދެއެވެ.

އޭރު ސީޕްލޭން ގައި 11 ފަސިންޖަރުންނާއި ތިން ކްރޫއިން ތިއްބެވެ. އޭވިއޭޝަން އިން ބުނީ މީހުންނާއި ދާގިނާއަށްވެސް އެއްވެސް ގެއްލުމެއް ނުލިބި ސަލާމަތް ކޮށްފައިވާ ކަމަށެވެ.

އަދި މި ހާދިސާ މިހާރު ދަނީ ސިވިލް އޭވިއޭޝަންއިން ތަހުގީގު ކުރަމުންކަމަށް އެ އިދާރާއިން ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *