Tuesday, 28 July 2026

ސިނަމާލެ ތިނެއްގެ ފެން މޯޓަރުގެ ކޭބަލް ވަގަށް ނަގައިފި

ސިނަމާލެ ތިނެއްގެ ފެން މޯޓަރުގެ ކޭބަލް ބުރިކޮށް، ކޭބަލް ވަގަށް ނަގައިފައިވާކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއްޖެ އެވެ.

ރޭ މާލޭ ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ސިނަމާލެ 3 ނަންބަރު ފްލެޓްގެ ފެން މޯޓަރުގެ ކޭބަލް ބުރިކޮށް އެ ކޭބަލް ވަގަށް ނަގާފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެތަނުގައި ދިރިއުޅޭ މީހުންނަށް ނުހަނު ދަތިތައް ދިމާވެފައިވާ ކަމަށް އެ ކައުންސިލުން ވިދާޅުވި އެވެ.

އެކައުންސިލުން ވިދާޅުވިގޮތުގައި މިހާރުވަނީ އެ މައްސަލަ ހައްލުކޮށް ފެން ލިބޭނެ އިންތިޒާމު ހަމަޖައްސާފައެވެ.

ސިނަމާލެ ފްލެޓުގެ ކޭބަލްތަށް ރޭ ބަޔަކު ބުރިކޮށް ވަގަށް ނަގާފައިވާ އިރު، އިއްޒުއްދީން މަގުން ފުޑް ކޯޓާ ދިމާގައި ހުރި ކަރަންޓު ކޭބަލްތަކެއް ވެސް ވަނީ ވަގަށް ނަގާފަ އެވެ. އަދި ސިޓީ ކައުންސިލުންވަނީ އެ މައްސަލަ ވެސް ހައްލުކޮށްފަ އެވެ.

ސިޓީ ކައުންސިލުން ވަނީ މިފަދަ އަމަލުތައް ހިންގާ ފަރާތްތައް ހޯދާ ހަރުކަށި ފިޔަވަޅު އެޅުމަށް ފުލުހުންނަށް ގޮވާލާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *