Wednesday, 28 October 2026
Ungoofaaru.com

ކަރަންޓުގައި ޖެހުނު ޒުވާނާ ނިޔާވެއްޖެ!

ރ. އުނގޫފާރުގައި ކަރަންޓުގައި ޖެހިގެން ހާލު ސީރިއަސްވި ޒުވާނާ ނިޔާވެއްޖެއެވެ.

މި ދިޔަ މަހުގެ 23 ވަނަ ދުވަހު އުނގޫފާރުގައި މަގުމަތީގައި ކުޅެން އުޅުމުގެ ތެރޭގައި ކަރަންޓުގައި ޖެހުނު ކުއްޖަކު ސަލާމަތް ކުރުމަށް މަސައްކަތްކުރި 18 އަހަރުގެ  ހުސެއިން އަތީކަށް ފަރުވާދީފައި ވަނީ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައެވެ.

އުނގޫފާރު ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް، އަތީކް އައިޖީއެމްއެޗަށް ބަދަލުކުރީ މި މަހުގެ 26 ވަނަ ދުވަހު އެވެ. އެކަމަކު އޭނާގެ ހާލަތަށް މާ ބޮޑު ބަދަލެއް އައިސްފައެއް ނުވެ އެވެ.

އަތީކްގެ ކިޑްނީގައި ފެން އުފެދިފައިވާތީ ޑަޔަލަސިސް ވެސް ހަދާފައިވާ އިރު، ފުއްޕާމެ އާއި އެތެރެހަށީގެ ގިނަ ގުނަވަންތަކަކަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާ އިން ބުނެފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *