މައްކާގައި އޮންނަ ގުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލްކުރަން ދެ 2 ދަރިވަރެއް ނަގައިފައިވާ ކަމަަން ގުރުއާނާއި ބެހޭ މަރުކަޒުން ވިދާޅުވެއްޖެ އެވެ.
ގުރުއާނާބެހޭ މަރުކަޒުން ވިދާޅުވީ މިއަހަރުގެ އޮގަސްޓު މަހުގައި މައްކާގައި ބާއްވާ ވަނަ ސެޝަން އޮފް ކިންގް އަބްދުލްއަޒީޒު އިންޓާނޭޝަނަލް ކޮމްޕެޓިޝަން ފޯ ދަ މެމޮރައިޒޭޝަން، ރިސައިޓޭޝަން އެންޑް އިންޓާޕްރިޓޭޝަން އޮފް ދަ ހޯލީ ގުރުއާން" މުބާރާތުގައި ރާއްޖެއިން ބައިވެރިވާން ނިންމާ އެކަމަށް ދެ 2 ދަރިވަރުން ނަގާފައިވާ ކަމަށެވެ.
އެ މަރުކަޒުން ވިދާޅުވީ މައްކާގައި އޯގަސްޓް 9 އިން 21 އަށް އޮންނަ މުބާރާތު ރާއްޖެ ތަމްސީލު ކުރާނީ ޅ. ނައިފަރު މަލާޒް، ޝައަފް ހާމިދު އިބްރާހިމާއި އައްޑޫ ސިޓީ ހިތަދޫ ކެކުރިގޭ، އަރީކް ހާދީ މުހައްމަދު ކަމަށެވެ.
މުބާރާތުގައި ޝައަފް ބައިވެރިވެފައިވަނީ މުޅި ގުރުއާން ހިތުން ކިޔުމުގަ އެވެ. އަދި އަރީކް ބައިވެެރިވެފައިވަނީ ވިދިވިދިގެން 15 ފޮތް ހިތުން ކިޔުމުގެ ބައިގަ އެވެ.


