Tuesday, 28 July 2026

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމަށް ބާއްވާ މަސްރޭސް ފަށައިފި

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމަށް ސަރުކާރުގެ އޮފީސްތަކުގެ މެދުގައި ބާއްވާ މަސްރޭސް ފަށައިފި އެވެ.

މި މަސްރޭހަކީ އެންވާރުމަންޓު މިނިސްޓްރީގެ ފަރާތުން އޫރިދޫގެ އިން ސްޕޮންސަރ ކޮށްގެން ބާއްވާ މަސްރޭހެކެވެ.

މިއަދު ފާހަގަ ކުރާ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމަށް އުރީދޫއިން ސްޕޮންސާ ކޮއްގެން ބާއްވާ މަސް ރޭހަށް ޓީމުތަށް ފުރީ 15:00 ގަ އެވެ. މަސް ރޭހުގެ ގަވައިދު ބުނާގޮތުން މަސްރޭސް ނިންމައި އަނބުރާ އުޅަނދުތައް މިރޭ 9:30ގެ ކުރިން ހުޅުމާލޭ ލަކުނޑި ޖެޓީއަށް ވަންނަންވާނެ  އެވެ.

މި މަސްރޭހުގައި ބައިވެރިވިމަށް ހުޅުވާލި ފުރުސަތުގައި ވަނީ ސަރުކާރުގެ އޮފީސްތަކުގެ 30 ޓީމެއް ބައިވެރިވެފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *