Tuesday, 28 July 2026

މި އަހަރުގެ ހައްޖު ދުވަހަކީ މި މަހު 15، އީދަކީ 16

މި އަހަރުގެ ހައްޖު ދުވަހަކީ މި މަހު 15 ކަމަށް އަދި އީދަކީ މި މަހު 16 ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފި އެވެ.

ހައްޖު މަހުގެ ހަނދު ސައޫދީ އަރަބިއްޔާ އަށް ރޭ ފެނުމާއެކު ހައްޖު މަހުގެ ފުރަތަމަ ދުވަހުގެ ގޮތުގައި ކަނޑައަޅާފައި ވަނީ މިއަދެވެ.

މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ބުބީ ސައޫދީ އަށް 1445 ވަނަ އަހަރުގެ ހައްޖުމަހުގެ ހަނދު ފެނިފައިވުމާ އެކު، އްޖޭގައި ހަނދު ސާބިތު ކުރުމުގެ އުސޫލަށް ރިޢާޔަތްކޮށް، މި އަހަރުގެ ހައްޖު މަހުގެ 1 ވަނަ ޖޫން 7 ވާ ހުކުރު ދުވަސްކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

އެ ގޮތުން މި އަހަރުގެ ޢަރަފާތު ދުވަހަކީ މި ހިނގާ މި މަހުގެ 15 ކަމަށާއި، އަދި އަޟްޙާ ޢީދު ދުވަހަކީ 16 ވަނަ ދުވަސް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

ބޮޑު އީދަކީ އިސްލާމް ދީނުގެ ފަސް ވަނަ ރުލުން ކަމަށްވާ ހައްޖުގެ އަޅުކަމާ ވިދިގެން މުސްލިމުންނަށް އަންނަ އީދެވެ. އަދި މުސްލިމުންގެ ތެރެއިން އެއް އީދެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *