Wednesday, 28 October 2026

މަޖިލީހުގެ ބިއުރޯ ޗީފަކަށް ކުރީގެ މެމްބަރު ނިހާން!

ރައްޔިތުންގެ މަޖިލީހުގެ ބިއުރޯގެ ޗީފަކަށް 18 އަދި 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައިވާ އަހުމަދު ނިހާން ހަސަންމަނިކު ހަމަޖައްސަވައިފި އެވެ.

މި މަގާމަށް ނިހާން އަށްޔަން ކުރެއްވީ ކުރިން އެމަގާމުގައި ހުންނެވި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮއްކޯ ފާތުމަތު ސޯލިހު އެ މަގާމުން ވަކި ކުރުމަށްފަހު އިއްޔެގެ ވަގުތެއްގަ އެވެ.

ނިހާން މި މަގާމަށް އައްޔަން ކުރެއްވީ ޕާާލިމެންޓްރީ ގަވައިދުގެދަށުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އެވެ.

ނިހާނަކީ 17 އަދި 18 ވަނަ މަޖިލީހުގެ މެމްބަރު ކަމުގެ އިތުރުން ޕީޕީއެމްގެ  ޕީޖީ ލީޑަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *