Tuesday, 28 July 2026

ސަރުކާރާއި ކައުންސިލްތަކާއި މުއާމަލާތް ކުރުމަށް ފޯކަލް ޕޮއިންޓެއް ހަދަނީ

ވަޒީރުންނާއި ކުންފުނިތަކާއި މުއާމަލާތް ކުރުމަަން ކައުންސިލްތަކަށް ފޯކަލް ޕޮއިންޓެއް ހަދަން ނިންމާފައިވާ ކަމަށް ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ އޭނާ މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

މި ޕޯސްޓުގައި މިނިސްޓަރު ވިދާޅުވީ މިއީ ކައުންސިލްތަކަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަށާއި މީގެއިތުރުން ކައުންސިލްތަކާއި ސަރުކާރާ އޮއްނަ ގުޅުން ވަރުގަދަ ކުރުމަށްޓަކައި ކަޑައަޅުއްވާނެ ފޯކަލް ޕޮއިންޓް ތަކެއްކަމުގަ އެވެ.

”ގުޅުންތަށް އިތުރަށް ހަރުދަނާ ކުރެވޭނެ ނިޒާމެއް ގާއިމް ކުރުމަށްޓަކައި ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުން ކައުންސިލްތަކާއި މުއާމަލާތު ކުރާނެ ފޯކަލް ޕޮއިންޓެއް ހަމަޖެއްސުމުގެ މަސައްކަތް މިދަނީ ކުރަމުން “ ލޯކަލް ގަވަރމަންޓް މިނިސްޓަރު ވިދާޅުވި އެވެ.

އެމަނިކިފާނު ކައުންސިލްތަކާއި ސަރުކާރާ އޮއްނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް ފެއްޓެވި އިރު މީގެ އެ މިނިސްޓްރީން އިސްނަގައިގެން ރައްޔިތުންގެ ހާހަތުބެލުމުގެ ޕްރޮގްރާމެއްވެސް މިހާރު އެބަ ހިގަމުންދެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *