އަމީރު އަހުމަދުމަގު ހޮޓެލް ޖެން ކައިރީގައި ހުންނަ ޕާކިން ޒޯންގައި ހުރި ސައިކަލުތަކުގައި ރޯކޮށްލި މީހާގެ ބަންދަށް 30 ދުވަސް ކުރިމިނަލް ކޯޓުން ޖަހައިދީފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.
މިދިޔަ އަންގާރަ ދުވަހުގެ ރޭ 3:15 ހާއިރު ހޮޓެލް ޖެން ކައިރީ ޕާކިންޒޯންގައި ހުރި ސައިކަލުތަކެއްގައި ރޯކޮއްލުމުގެ ސަބަބުން ވަނީ 5 ސައިކަލަކާއި ވޭނަކަށް އަލިފާނުގެ ސަބަބުން ގެއްލުން ލިބިފައި، މީގެތެރެއިން 3 ސައިކަލުވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިކަމަށް ފުލުހުން ވިދާޅުވި އެވެ.
އެދުވަހުވެސް ފުލުހުން ވަނީ ސައިކަލުތަކުވައި ރޯކޮއްލި މީހާ ދެނެގަނެވިފައިވާ ކަމަށާއި އެމީހާ ހައްޔަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.
މިއަދު މިކަމާ ގުޅިގެން މައުލޫމާތު ދެމުން ފުލުހުން ވިދާޅުވީ މި މައްސަލައާއި ގުޅިގެން ހައްޔަރުކޮއްފައިވަނީ އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.
އަދި ފުލުހުން ވިދާޅުވީ އޭނާގެ ބަންދަށް 30 ދުވަސް މިއަދު ކޯޓުން ޖަހާދީފައިވާ ކަމަށެވެ.


