އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މާލޭ މީހުންނަށް ގޯތި ދީފައިވަނީ ގާނޫނާ ހިލާފަށް ކަމަށް މަނަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު ހުސްނީ މުބާރަކް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހުސްނީ ވިދާޅުވީ ރަށްވެހިކަން އިންނަ ރަށެއްގެ މީހުނަށް އެ ރަށަކުން ގޯތިދޭ ދިނުން ނިމުމަކަށް ގެންނަށް ޖެހޭކަމަށެވެ.
ހުސްނީ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ގަލޮޅު އުތުރު ދާއަރާގެ މެމްބަރު މީކާއީލް ނަސީމް ހުށައެޅި 3 މަސް ތެރޭގައި ގޯތި ހަވާލުކުރުން ލާޒިމް ކުރާ ގާނޫނު ގޯސްކަމަށާއި ގޯތި ހަވާލު ކުރަން އަންގާއިރު ފުރަތަމަ ގޯތި ދީފައި ހުރީ ރަނަގަޅަށްތޯ ބަލަން ޖެހޭ ކަމަށެވެ.
ހުސްނީ ވިދާޅުވީ ބިމާ ބެހޭ ގާނޫނުގައި ގޯތި ދޫކުރާއިރު ގޯތި އޮންނަން ޖެހޭނެ ބޮޑުމިނާ ބޮޑުމިނާ ދޫކުރާ ގޯތީގެ އަދަދު ވެސް ބަޔާންކޮށް އިއުލާން ކުރުމަށްފަހުގައި ނޫނީ ބަންޑާރާ ގޯތި ދޫނުކުރެވޭނެ ކަމަށް ގާނޫނުގައި ބުނެފާވާއިރު މި ގޯތިތަށް ދޫކޮށްފައި ހުރީ ގާނޫނާ ފުށޫއަރާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ބިމާބެހޭ ގާނޫނު މިހެން އޮތް އިރު އެމްޑީޕީން ގޯތި ދޫކޮށްފައިވަނީ ބިން ނުވެސް ނެތް ތަންތަނުންކަމަށެވެ. އެހެންކަމުން އަލުން އެ ބިލް ދިރާސާކުރަން ފެންނަކަމަށް ހުސްނީ ވިދާޅުވިއެވެ.
މީކާއިލް ހުށައެޅި ތިން މަސްތެރޭ ގޯތި ހަވާލުކުރާން ލާޒިމް ކުރާ ބިލް މަޖިލީލުން އިއްޔެ ވަނީ ބޭރުކޮއްލާފަ އެވެ.


