Tuesday, 28 July 2026

ފަސް މިލިޔަން ގަސް އިންދުމުގެ މަޝްރޫއު ރައީސްގެ ދެ ކަނބަލުން ފައްޓަވައި ދެއްވައިފި

ފަސް 5 މިލިޔަން ގަސް އިންދުމަށް ވެފައިވާ ރިޔާސީ ވައުދު ފުއްދުމުގެ މަޝްރޫއު މިއަދު ފައްޓަވައިފި އެވެ.

މިއަދު ހެދުނު ލޮނުޒިޔާރަތް ޕާކުގައި މި މަޝްރޫއު ފައްޓަވައިދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއާއި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދެވެ. އަދި މި ހަފްލާގައި ނައިބުރައީސްގެ ދެ ކަބަލުންގެ އިތުރުން ވަޒީރުންނާއި އެހެނިހެން ސަރުކާރުގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީގުގެ ރައީސް ވެސް ބައިވެރިވި އެވެ.

ފަސް 5 މިލިޔަން ގަސް އިންދުމުގެ މަޝްރޫއެއް މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވާނެ ކަމަށް ރައީސް އިއުލާން ކުރެއްވީ މިދިޔަ މަހުގައި ދުބާއީގައި އޮތް ކޮޕް28 ސަމިޓުގައެވެ.

މި ޕްރޮގްރާމުން ދައްކުވައިދެނީ، ރާއްޖޭގެ ނާޒުކު ތިމާވެށީގެ ނިޒާމުތައް ހިމާޔަތްކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިހާރުގެ ޖީލުތަކާއި، އަންނަން އޮތް ޖީލުތަކުގެ ލާބައާއި މަންފާއަށްޓަކައި މޫސުމަށް އަންނަ ބަދަލުތަކުންކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ލޯގޯ އިފުތިތާހުކޮށްދެއްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *