ހުޅުމާލޭ ދެވަނަ ފިޔަވަހީގެ، ހިޔާ ފްލެޓް 1 (އެޗް 1) ގެ އެޕާޓްމަންޓަކަށް އޮޅުވާލައިގެން މީހަކު ގެންގޮސް ރަހީނުކޮއް ފޭރުނު ބަޔަކު ބަރަހަނާކޮށްފައި ތިއްބާ، ފުލުހުން ހައްޔަރުކޮށްފި އެވެ.
ރޭ ހިޔާފުލެޓް އެޗް 1 ޓަވަރުގައި ކުއްޔަށްދޭ އެޕާޓްމަންޓެއް ހުރިކަމަށް ބުނެ، އެ އެޕާޓްމަންޓު ބަލަށް މީހަކު ގެނެސް އެ މީހާ ރަހީނުކޮއް ތޫނު ހަތިޔާރުން ބިރު ދައްކައިގެން ފައިސާ ފޭރުނު ބަޔަކު އެ މީހާ އިތުރު ގުރޫޕެއް ގޮވައިގެން އެ ފުލެޓަށް ގޮސް އޮރިޔާންކުރުމަށްފަހު އެ ޓަވަރަށް ވައްނަން އިއްނަ ސިޑި މަތީގައިވަނީ ބައިތިއްބާފަ އެވެ.
މިކަމާ ގުޅިގެން ފުލުހުން ވިދާޅުވީ ރޭ ހިޔާ1 ގައި މީހަކު އަތުން ފައިސާ ފޭރުނު ބަޔަކު ހިފަހައްޓާފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށާއި މި ގުރޫޕަކީ އެކި ދުވަސްމަތިން މި ގޮތަށް މީހުން ރަހީނުކޮއް ފޭރި ބްލެކްމެއިލް ކުރާ ގުރޫޕެއް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މިހާރު މި ކަމުގައި ޝާމިލްވާ 4 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި އެއީ 32އ ގެ ދެ ފިރިހެނަކާއި 38އ ގެ ފިރިހެނެއްގެ އިތުރުން 45އ ގެ ފިރިހެނެއްކަމަށެވެ. މި ހަތަރު މީހުނަކީވެސް ދިވެހިން ކަމަށް ފުލުހުން ވިދާޅުވި އެވެ.
މިފަހަކަށް އައިސް ހިޔާގެ އެޕާޓްމަންޓުތަކަށް އަންހެނުންތަކެއް ފިރިހެނުންނަށް އޮޅުވާލައިގެން ގެންގޮސް ފޭރޭ މައްސަލައެއްވެސް ވަނީ ފެންމަތިވެފަ އެވެ


