Tuesday, 28 July 2026

20 ވަނަ މަޖިލިހުގައި ރިޔާސަތު ބަލަހައްޓާނެ ފަސް މެމްބަރުން ކަނޑައަޅައިފި

މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާ ފަސް މެމްބަރުން ކަނޑައަޅައިފި އެވެ.

މިހާރު ކުރިއަށްދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވަނީ ޤާނޫނު އަސާސީގެ 82 ވަނަ މާއްދާގެ (ށ) އާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 44ވަނަ މާއްދާގެ (ހ) ގައި ވާގޮތުގެ މަތިން މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ ފަސް މެމްބަރުން ކަނޑައަޅާފައެވެ.

މި ފަސް މެމްބަރުންގެ ތެރޭގައި ހިމެނެނީ:

  1. މީދޫ ދާއިރާގެ މެމްބަރު، އަހުމަދު ޝިޔާމް މުހައްމަދު (19 އަހަރާއި ތިން މަސް ދުވަހު މަޖިލީހަށް ހިދުމަތް ކޮށްދެއްވާފައިވޭ)
  2. މާމިގިލި ދާއިރާގެ މެމްބަރު، ގާސިމް އިބްރާހިމް (15 އަހަރު މަޖިލީހަށް ހިދުމަތް ކޮށްދެއްވާފައިވޭ)
  3. އޭދަފުށީ ދާއިރާގެ މެމްބަރު، އަހުމަދު ސަލީމް (15 އަހަރު މަޖިލީހަށް ހިދުމަތް ކޮށްދެއްވާފައިވޭ)
  4. ހަނިމާދޫ ދާއިރާގެ މެމްބަރު، އަބްދުއްޤަފޫރް މޫސާ (15 އަހަރު މަޖިލީހަށް ހިދުމަތް ކޮށްދެއްވާފައިވޭ)
  5. މަހިބަދޫ ދާއިރާގެ މެމްބަރު، އަހުމަދު ތޯރިޤް (10 އަހަރު މަޖިލީހަށް ހިދުމަތް ކޮށްދެއްވާފައިވޭ)

މި ފަސް މެމްބަރުންނަކީ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަހު ހިދުމަތްކޮށްދެއްވާފައިވާ މެމްބަރުންނެވެ. މި މެމްބަރުން ތަރުތީބު ކޮށްފައިވަނީ މަޖިލީހަށް މެމްބަރުނ ހިދުމަތްކޮށްދެއްވާފައިވާ މުއްދަތަށްް ބެލުމަށްފަހުގައެވެ. އަދި މެމްބަރުން ހިދުމަތް ކޮށްދެއްވާފައިވާ މުއްދަތު ހަމަހަމަވެއްޖެނަމަ ދެން ތަރުތީބުކުރާނީ މެމްބަރުންގެ އުމުރުގެ ދޮށިކަމަށް އިސްކަންދީގެން ކަމަށް މަޖިލީހުގެ ޤަވާއިދުގައި ބުނެއެވެ.

ރައްޔިތުންގެ މަޖިލީހުގައި އެކުލަވާލެވިފައިވާ ކޮމިޓީތަކުގެ ތެރެއިން ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ގެ މުގައްރިރަކަށް  މެމްބަަރު ސަލީމް، އަދި މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް މާމިގިލި ދާއިރާގެެ މެމްބަރު ގާސިމް އިބްރާހީމް ހަމަޖެއްސުމަށް ފާސްކޮށްފި

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *