Tuesday, 28 July 2026

މިޔަރު ދަތް އަޅައިގެން މަރުވި ސިފައިންގެ އޮފިސަރުގެ ހަށިގަނޑު އުނގޫފާރަށް ގެންގޮސްފި

ލ. ކައްދޫގައި ދިވެހި ދިފާއީބާރުގެ ޓްރޭނިން ހަދަމުންދަނިކޮށް މިޔަރެއް ދަތް އެޅުމުގެ ސަބަބުން މަރުވި ލާންސްކޯޕަރަލް މުހައްމަދު ޒައިދާންގެ ހަށިގަނޑު އޭނާގެ ރަށް ރ. އުނގޫފާރަށް ގެންގޮސްފި އެވެ.

އިއްޔެ މެންދުރު ލ. މާވަށް ކައިރީ މޫދުގައި، މޫދުގައި ހަދާ ތަމްރީނެއް ފުރިހަމަ ކުރަން މޫދުގައި އުޅެނިކޮށް މިޔަރެއް ދަތް އަޅައިގެން ފަރުވާއަށް ޒައިދާން ވަނީ ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

ޒައިދާން ނިޔާވިކަން ޑޮކްޓަރުން އެންގީ ރޭ 20:40 ގައެވެ.

ޒައިދާންގެ ޖަނާޒާ އޭނާގެ އުފަން ރަށް އުނގޫފާރުގައި ބޭއްވުމަށް އޭނާގެ ހަށިގަނޑު އުނގޫފާރަށް ގެންދިޔައީ މިއަދު މެންދުރުގައެވެ. އަދި ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ ރަސްމީ އިއްޒަތުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *