ރާއްޖޭގައި ތިބި އިސްރާއީލްގެ ރައްޔުތުން ރާއްޖެއިން ފޭބުމަށާއި އަދި އިސްރާއީލްގެ ރައްޔިތުން ރާއްޖެއަށް ނައުމަށް އެ ގައުމުން އެދެފި އެވެ.
އިސްރާއީލްއިން ޓްރެވަލް އެޑްވައިޒަރީގައި ބުނެފައިވަނީ ރާއްޖެއަށް އެ ގައުމުގެ ރައްޔިތުން ދަތުރުކުރުން ރައްކާތެރި ނޫންކަމަށާއި، މިވަގުތު ރާއްޖޭގައި ތިބި މީހުންވެސް ރާއްޖެއިން ފައިބާން ބުނެފަ އެވެ. ސަބަބެއްކަމަށް ބުނެފައިވަނީ ރާއްޖޭގައި ތިއްބާ ކަމެއް ދިމާވިޔަސް އެހީތެރިވާން އުދަގޫވާނެތީ ކަމުގަ އެވެ.
އިއްޔެވަނީ ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފުރިހަމަ ތާއީދާއިއެކު އިސްރާއީލް ޕާސްޕޯޓު ބޭން ކުރުމަށް އެ މަޖިލީހުން ނިއްމައި އެކަން ވަނީ އިއްޔެ ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ އެކަން އާއްމު ކޮއްފަ އެވެ.
އިއްޔެ ހޯމް މިނިސްޓަރު އިހުސާން ވިދާޅުވީ އިސްރާއީލްގެ ޕާސްޕޯޓު ބޭންކުރުމަށްޓަކައި ގާނޫނަށް ގެއްނަންޖެހޭ ބަދަލުތަށް ގެމައުމަށް މަޖިލީހަށް ފޮނުވާނެ ކަމަށާއި އަދި ފަލަސްތީނައް އެންވޯއީއެއް ހަމަޖައްސަން އެ މަޖިލީހުން ނިއްމާފައިވާ ކަމަށް އިހުސާން ވިދާޅުވި އެވެ.
އިސްރާއީލްގެ ޕާސްޕޯޓު މަނާ ކުރުމާއި އިސްރާއީލްގެ ރައްޔިތުންނަށް އެހެން ޕާސްޕޯޓެއްގައި ވެސް ރާއްޖެއަށް ނާދެވޭ ގޮތް ހެދުމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވަނީ އިމިގިުރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް ބިލެއް ލާފަ އެވެ.


