Tuesday, 28 July 2026

އައްޑޫއަށް ދިމާވެފައިވާ ފެނުގެ މައްސަލަ މަޖިލީހުން ބަލައިގަނެ ބަހުސް ފަށައިފި

އައްޑޫއަށް ދިމާވެފައިވާ ސާފު ފެން ލިބުމުގެ މައްސަލައާ ގުޅިގެން ކުއްލި މައްސަލައެއް ހުށައަޅާ އެ މައްސަލަ ބަލައިގަނެ ބަހުސް ކުރަން ފަށައިފި އެވެ.

މި މައްސަލަ މިއަދު މަޖިލީހަށް ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނާޒިލްއެވެ.

މި ކުއްލި މައްސަލަ ބަލައިގަންނަން ފެނޭތޯ ވޯޓަށް އެހުމުން މަޖިލީހުގެ 93 މެމްބަރުންގެ ތެރެއިން ހާޒިރުވެ ތިއްބެވި 83 މެމްބަރުންގެ ވޯޓުން މައްސަލަވަނީ ބަލައިގަނެފަ އެވެ.

ކުއްލި މައްސަލަ ހުށައަޅުއްވި ނާޒިލް ވިދާޅުވީ އައްޑޫއަށް ސާފު ފެން ލިބުމުގެ ދަތިކަން ތަހައްމަލު ކުރަމުންދާތާ މިހާރު 2 މަހައްވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި ސާފު ފެނަކީ ޒަރޫރީ ބޭނުމަކަށް ވީހިނދު މި މައްސަލަ ހައްލު ކުރުމަށް ވެރިން ވަނީ ނުކުޅެދިފައި ކަމަށެވެ.

އައްޑޫއަށް ފެނުގެ މައްސަލަ ދިމާވެ އެކަމުގެ ނުތަނަވަސް ކަމުގައި ރަައްޔިތުން އުޅޭތާވަނީ ދުވަސްތަކެއް ވެފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *