މާލެއިން މުދާ ހިފައިގެން ށ. އަތޮޅަށް ދަތުރު ކުރަމުންދިޔަ ”އުޅިއަޝް“ ނަމަކަށް ކިޔާ ބޯޓު ށ. ބިލެއްފަހީ ނެރުދަޑީގައި ޖެހުމުގެ ސަބަބުން ފަޅައިގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެ އެވެ.
އެމްއެންޑީއެފްއިން ދެންމެ ވިދާޅުވިގޮތުގައި އެ ބޯޓު ށ. ބިލެއްފަހީ ބަދަރަށް ވަންނަން އުޅުމުގެތެރޭގައި އޮއިވަރެއްގައި ޖެހި، އެރަށު ބަނދަރު ނެރުގެ ހުޅަނގު ފަރާތުގައި ޖަހާފައިހުރި ބޭރު ތޮއްޓަށް އަރައި އެދޯނި ފަޅައިގެން ގޮސްފައިވާ ކަމަށެވެ.
އެ އިދާރާއިން ވިދާޅުވިގޮތުގައި މި ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފްގެ ކުޅުދުފުށީ ބޭސްގައިތިބި ސިފައިންދަނީ އެހީތެރިވުމަށް ބިލެއްފައްސަށް ދިއުމަށް ދަތުރުކުރަމުންނެވެ.
ގިނަ އަދަދެއްގެ މުދާ ބަރުކޮށްފައި އެ ދޯނި މިހާރު އޮތީ ބިލެތްފަހީގައި ބަނދަރުކޮށްފައެވެ.


