Tuesday, 28 July 2026

މަރު ކޮމިޝަންގެ މަސައްކަތް ނިމިފައިވާތީ، އެ ކޮމިޝަން ރައީސް އުވާލައްވައިފި!

ކުރީ ސަރުކާރުން އުފެއްދި މަރު ކޮމިޝަން އުވާލަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެ އެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤު ކުރާ ކޮމިޝަން އުވާލާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ނެރުއްވި ޤަރާރަކުންނެވެ.

"މަރާލާފައިވާ މީހުންނާއި ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤު ކުރާ ކޮމިޝަން" އުފައްދަވާފައި ވަނީ 2018 ނޮވެންބަރު 17 ގައެވެ. އެ ކޮމިޝަން އުވައިލެއްވީ އެކޮމިޝަނާ މަތިކޮށްފައިވާ މަސައްކަތްތައް އެކޮމިޝަނުން ނިންމަވާފައިވާތީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ނެރުއްވި ޤަރާރުގައި ބަޔާންކުރައްވާފައި ވެއެވެ.

އެ ކޮމިޝަން އުވާލިއިރު އެ ކޮމިޝަނުން ވަނީ މަރުގެ މައްސަލަތަކެއްގެ ރިޕޯޓް އިއުލާން ކޮށްފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *