Tuesday, 28 July 2026

އެމްއެންޑީއެފް ޓްރެއިނިންގައި ހުއްޓާ މިޔަރު ހަމަލާދިން ޒުވާނާ މަރުވެއްޖެ

ލ ކައްދޫގައި އެމްއެންޑީއެފްގެ ތަމްރީނު ހަދަމުންދިޔަ ސިފައިންގެ އޮފިސަރެއްގެ ގައިގާ މިޔަރެއް ދަތް އަޅައިގެން އެކަމަށް ފަރުވާދެމުން ދަނިކޮށް މަރުވެއްޖެ އެވެ.

އެންއެންޑީއެފްއިން ވިދާޅުވީ ލ ކައްދޫގައި ތަމްރީނު ހަދަމުންދިޔަ ސިފައިންގެ އޮފިސަރެއްގެ ގައިގާ މިޔަރެއް ދަތް އަޅާފައިވަނީ މޫދުގެ ތަމްރީނެއް ހެދުމަށް ލ. މާވަށްކައިރީ މޫދުގައި ހަރަކާތްތެރި ވަމުންދަނިކޮށް ކަމަށެވެ. މަރުވެފައިވަނީ ރ. އުގޫފާރަށް ނިސްބަތްވާ 23 އަހަރުގެ ލާންސްކޯޕަރަލް މުހައްމަދު ޒައިދާން އެވެ.

އެ އިދާރާއިން ވިދާޅުވިގޮތުގައި އޭނާ މަރުވެފައިވަނީ ލ. ގަމު ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށެވެ.

އޭނާ މަރުވެފައިވަނީ މިރޭ 20:40 ގައި ކަމަށް އެމްއެންޑީއެފްއިން ވިދާޅުވި އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *