Tuesday, 28 July 2026

ސްކޫލްތައް އޭސީ ކުރުމަށް ހިންގާ ‘ކޫލް ސްކޫލް’ގެ ދަށުން މާފުށީ ސްކޫލް އޭސީ ކޮށްފި

ސަރުކާރުން ހުރިހާ ސްކޫލެއް އޭސީ ކުރުމުގެ މަގްސަދުގައި ހިންގަން ނިންމި ‘ކޫލް ސްކޫލް’ގެ ދަށުން ފުރަތަމަ ސްކޫލަކަށް މާފުށީ ސުކޫލް އޭސީ ކޮށްފިއެވެ.

މި މަޝްރޫއުގެ ދަށުން މާފުށީ ސްކޫލްގެ ހުރިހާ ކިލާހަކާއި އަދި ހޯލް ވަނީ އޭސީ ކޮށްފައެވެ. މިއަދު ހެނދުނު މާފުށީ ސުކޫލުގެ އޭސީ ކިލާސް ރޫމްތަށް ބޭނުންކުރަން ފެއްޓުމަށް އެ ސްކޫލުގައި ބޭއްވި ރަސްމީޔާތު ޝަރަފްވެރި ކޮއްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ.

މި މަޝްރޫއުއަކީ ސްކޫލްތަކުގައި ދަރިވަރުންނާއި ޓީޗަރުން ހޭދަކުރާ ވަގުތުގައި އެ ކުދިންނާއި، ޓީޗަރުންނަށް އިހުސާސް ކުރަންޖެހޭ ގަދަ ހޫނުގެ ސަބަބުން ދިމާވާ ދަތިތަށް  ހައްލުކޮއްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސީދާ އިސްނެންގެވުމުގެ މަތިން ހިންގާ މަޝްރޫއު އެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވި އެވެ.

ކޫލް ސްކޫލް މަޝްރޫއު އަކީ ކޮމިއުނިޓީގެ އެހީތެރިކަމާ އެކު ކުރިޔަށް ގެންދަން ނިއްމާފައިވާ މަޝްރޫއުއެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީ ވިދާޅުވި އެވެ. އެގޮތުން އެއްމެ ފުރަތަމަ އޭސީ ކުރެވިގެންދިޔަ މާފުށީ ސްކޫލުގެ ކިލާސް ރޫމްތަކާއި ހޯލްތަށް އޭސީ ކޮއްފައިވަނީ މާފުށީ ކައުންސިލުން ކަމަށް އެޑިއުކޭޝަންއިން ވިދާޅުވި އެވެ.

މާފުށީ ސުކޫލު އޭސީ ކުރުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހުރިހާ ކިލާސްތަށް އޭސީ ކޮއްފައިވެ އެވެ. އަދި މާފުށީ ސްކޫލް އޭސީ ކުރުމުގެ ދެވަނަ ފިޔަވަހީގައި ސޯލާއިން ކަރަންޓު އުފައްދައި ސުކޫލުގައި ބޭނުންކުރާ ކަރަންޓުގެ 30 އިންސައްތަ ސޯލާއިން އުފެއްދުމަށް ނިއްމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވި އެވެ.

އެޑިއުކޭޝަންއިން ވިދާޅުވީ ސަރުކާރުގެ އަމާޒަކީ 2 އަހަރުތެރޭގައި ރާއްޖޭގެ ހުރިހާ ކިލާސްރޫމް އޭސީ ކުރުން ކަމަމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *