Tuesday, 28 July 2026

ބޮޑުވެފައިވާ ބިލާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ސްޓެލްކޯއިން ހުޅުވާލައިފި!

ކަރަންޓުބިލާ ގުޅޭގޮތުން ޝަކުވާ ހުށައެޅުމުގެ ފުރުސަތު ސްޓެލްކޯއިން ހުޅުވާލައިފި އެވެ. ސްޓެލްކޯއިން ވިދާޅުވީ އެކުންފުނިން މަސައްކަތް ކުރަމުންދަނީ 24 ގަޑިއިރުތެރޭ ޝަކުވާތަކަށް ޖަވާބުދާރީވުމަށް ކަމަށެވެ.

މި މަހުގައި ލިބުނު ކަރަންޓު ބިލް ދެގުނައަށް ބޮޑުވެ، ރައްޔިތުން އެކަމުގެ ހިތް ހަމަނުޖެހުން ސޯޝަލް މީޑިއާގައި ފާޅުކުރުމުގެ އިތުރުން އިއްޔެ ވަނީ ސްޓެލްކޯ ކުރިމަށްޗަށް އެއްވެ މުޒާހަރާކޮށް ސްޓެލްކޯގެ އެމްޑީގެ އިސްތިއުފާއަށްވެސް ގޮވާފަ އެވެ.

ސްޓެލްކޯއިން އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ކަރަންޓު ބިލުތަކާ ގުޅިގެން ހުށަހަޅަން ބޭނުންވާ ޝަކުވާތައް އެ ކުންފުނީގެ ކަސްޓަމާ ސާވިސް ނަމްބަރު 7788438 އަށް ވަޓްސްއަޕް ނުވަތަ ޓެލެގްރާމް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ. އިތުރުން އަދި އެކުންފުނީގެ މެއިލް billing@stelco.com.mv އިން އީމެއިލް މެދުވެރިކޮށް ވެސް ޝަކުވާ ހުށަހެޅޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ސްޓެލްކޯއިން ވިދާޅުވީ ރައްޔިތުން ހުށައަޅާ މައްސަލަތަކަށް 24 ގަޑިއިރު ތެރޭގައި ޖަވާބު ދިނުމަށް އެކުންފުނިން ދަނީ މަސައްކަތް ކުރަމުންކަމަށެވެ.

މި ދުވަސްވަރަކީ ވަރަށް ބޮޑަށް ވިސާރަވެ ފިނި ދުވަސްކޮޅަކަށް ވީއިރު މި މަހު ލިބުނު ކަރަންޓު ބިލްބޮޑުވާ ދިމާވި ސަބަބު ބުނެދިނުމަށް އެދި އާންމުން މީސް މީޑިއާގައި ނުރުހުން ފާޅުކުރަމުންދަނިކޮށް ހުކުރު ދުވަހުގެ ރޭ ސްޓެލްކޯއިން ވިދާޅުވީ މި މަހު ލިބުނު ބިލުގައި ފާއިތުވި މަހުގެ އެންމެ ހޫނު ގަދަ ދުވަސްތަށް ހިމެނިފައިވާ ކަމަށާއި ފިނި މޫސުމުގެ ބައެއް ދުވަސްތަށް ހިމެނޭނީ ކުރިޔަށް އޮތް މަހުގެ ބިލުގައި ކަމަށެވެ.

އަދި ސްޓެލްކޯއިން ވިދާޅުވީ ކަރަންޓު ބިލްތަށް ބޮޑުވަނީ ރާއްޖޭގައި އެކަނި ނޫންކަމަށާއި އަވައްޓެރި އެހެން ގައުމުތަކުގައި ވެސް ކަރަންޓު ބިލް ބޮޑު ކަމަށެވެ. އަދި ސްޓެލްކޯއިން ބުނީ ކަރަންޓު ބިލް ބޮޑުވަނީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާތީ ކަމަށެވެ.

ކަރަންޓު ބިލު ބޮޑުވާ މައްސަލައާއި ގުޅިގެން ސްޓެލްކޯގެ އިންޖިނޭރަކުވަނީ ކަރަންޓުގެ ހަރަދު ކުޑަ ކުރަން ކުރިވިދާނެ ކަންކަން ސޯޝަލް މީޑިއާގައި ހިއްސާކޮއްފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *