މި އަހަރުގެ އޭޕްރީލްމަހާއި އަޅާބަލާއިރު މޭ މަހު ކުއްތކަށް އަރައިގަތް މޯހުންގެ އަދަދު %22 މަދުވެފައިވާ ކަމަށް ފުލުހުންގެ ތަރުޖަމާން ޗީފް ސުޕްރިޑެންްޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ އޭޕްރީލް މަހާއި މޭ މަހުގައި ފުލުހަށް ރިޕޯޓު ކޮއްފައިވާ މައްސަލަތަކުގެ އަދަދުތަށް ފެންނަ ގްރާފެއް އެކްސްގައި ހިއްސާ ކުރައްވާ ޝިފާން ވިދާޅުވީ ފާއިތުވީ މަހު ރިޕޯޓު ކުރެވިފައިވާ މައްސަލަތަށް 22 އިންސައްތަ އޭގެ ކުރިން ނިމުނު އޭޕްރީލް މަހަށްވުރެ ދައްވެފައިވާ ކަމަށެވެ.
އިއްޔެ ނިމުނު މޭ މަހު ޖުމްލަ 759 މައްސަލައެއް ވަނީ ފުލުހުންގެ އިދާރާއަށް ރިޕޯޓު ކޮއްފައެވެ. އޭގެ ތެރޭގައި އެއްމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމާއި ފޭރުމުގެ މައްސަލަތައް، އެއީ 244 މައްސލައެވެ. ދެން އެންމެ ގިނައިން ރިޕޯޓު ކުރެވިފައިވަނީ ޓުރެފިކް އެކްސިޑެންޓުގެ 169 މައްސަލައަކާއި މަސްތުވާތަކެތީގެ 88 މައްސަލަ އެކެވެ. އޭޕްރީލް މަހަށްވުރެ މޭ މަހުގައި 187 މަދެވެ.
އޭޕްރީލްމަހު ފުލުހުންގެ އިދާރާއަށް ޖުމްލަ 946 މައްސަލަ ހުށައާފައިވާ ކަމަށާއި، އެއްމެ ގިނައިން އޭޕްރީލްމަހު ހުށައެޅިފައިވަނީ ވެސް ވައްކަމާއި ފޭރުމުގެ މައްސަލަކަމަށާއި، އެއީ 285 މައްސަލަކަމަށް ފުލުހުން ބުންޏެވެ. ދެން ހަމަ އޭޕްރީލް މަހުގައިވެސް އެންމެ ގިނައިން ހުށަހަޅާފައި ހުރީ ޓްރެފިކް އެކްސިޑެންޓާއި މަސްތުވާތަކެތީގެ މައްސަލަތަކެވެ.


