Tuesday, 28 July 2026

މިއަދު 4 ޖަހާއިރު ސްޓެލްކޯ ކުރިމަތީ މުޒާހަރާކުރަނީ

މި މަހު ލިބުނު ކަރަންޓު ބިލު ދެގުނަ ވިފައިވާތީ އެކަމުގެ ހިތް ހަމަ ނުޖެހުން ފާޅުކުރުމަށް “ކަރަންޓު ވަގު” ގެ ނަމުގައި ސްޓެލްކޯ ކުރިމަތީ މުޒާހަރާއެއް ބާއްވަން ނިއްމައިފި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވެފައިވާ އެ ދައުވަތު ޕޯސްޓުގައި ވަނީ މިއަދު 1 ޖޫން، ގައި ކަރަންޓު ވަގުގެ ނަމުގައި މުޒާހަރާއެއް ކުރުމަށް ސްޓެލްކޯ ކުރިމައްޗަށް ހަވީރު 4 ޖަހާއިރު އައުމަށެވެ.

މިދިޔަ މަހުގެ ކަރަންޓު ބިލް މީގެ ދެ ދުވަހެއް ކުރިން ލިބުނު އިރު ކަރަންޓުބިލް ދެގުނައަށް ބޮޑުވެފައިވާތީ އެކަމުގެ ނުރުހުމާއި ރުޅިވެރިކަން ދިޔައީ އާންމުން ބިލްތައް އަންނަން ފެށީއްސުރެ ސޯޝަލް މީޑިޔާގައި ފާޅުކުރަމުންނެވެ.

އަދި ސްޓެލްކޯގެ މުވައްޒިފެއް ނަން ހާމަ ނުކުރުމަށް އެދި ވަނީ "ބިލް ބޮޑު ކުރީ ކުންފުނީގައި ފައިސާ ނެތިގެން މުވައްޒިފުންނަށް މުސާރަ ދިނުމަށް" ކަމަށް ބުނެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *