މިއަދު އދ. ދަގެތިކައިރީގައި މޫދަށް ފައިބާ އުޅުނު ބިދޭސީ މީހެއް ގައިގާ ލޯންޗަކުން ޖެހި އެ ބިދޭސީ މީހާ މަރުވި މައްސަލާގައި ލޯންޗުގެ ކެޕްޓަން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.
ފުލުހުން ވިދާޅުވީ ބިދޭސީ މީހާގައިގާ ލޯންޗުން ޖެހި އެ ބިދޭސީ މީހާ މަރުވި މައްސަލައިގަ ލޯންޗު ދުއްވަން އިން ދިވެހި ފިރިހެން މީހާ ހައްޔަރު ކޮއްފައިވާ ކަމަށެވެ.
މައުލޫމާތު ލިބޭގޮތުގައި އެ ދިވެހި ފިރިހެން މީހާ މޫދާށް ފައިބާ އުޅުނީ ފާނަ މަސްވެރިކަން ކުރުމަށެވެ. އަދި ލޯންޗު ގޮސްފައިވަނީ ސީދާ އެ މީހާގެ ގައިމަތިންނެވެ.
ފުލުހުން ވިދާޅުވި ގޮތުގައި އެ ހާދިސާ ހިގައިގެން އުޅޭ ކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބުނީ މިއަދު ހެދުނު 7:55 ހާއިރު ކަމަށާއި އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަމަށް އެ އިދާރާއިން ވިދާޅުވި އެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.


