Tuesday, 28 July 2026

ގިރާވަރު ފަޅުން ގުޅީފަޅަށް ގޯތި ބަދަލު ކުރަން އެދުނު މީހުންގެ ގުރުއަތު ނެގުން އަންގާރަ ދުވަހު

ގިރާވަރު ފަޅުން ގޯތި ލިބިފައިވާ މީހުންގެ ތެރެއިން ގުޅީފަޅަށް ގޯތި ބަދަލުކުރުމަށް އެދި ހުށައެޅި މީހުންގެ ގުރުއަތު ނެގުން މިއަންނަ އަންގާރަ ދުވަހު ބޭއްވުމަށް ނިއްމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.

މިޔަދު އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައިވަނީ ގިރާވަރު ފަޅުން މިދިޔަ ސަރުކާރުގެ ‘ބިންވެރިޔާ ސްކީމްގެ’ ދަށުން ގޯތި ލިބިފައިވާ މީހުންގެތެެރެއިން ގުޅީފަޅަށް ގޯތި ބަދަލު ކުރަން ބޭނުންވާ މީހުނަށް އެކަމަށް އެދި ހުށައަޅަން ހުޅުވާލި ފުރުސަތުގައި އެކަމަށް އެދި ހުށައެޅި މީހުންގެ އަދަދު ގުޅީފަޅުން ދޫކުރުމަށް އިއުލާންކުރި ގޯތިތަކަށްވުރެ އިތިރުވާތީ ބާއްވާ ގުރުވަތުލުން މި އަންނަ އަންގާރަ ދުވަހު ދަރުބާރުގޭ ރައްންބަޑޭރި މާލަމުގައި އެ ދުވަހު 12:00 ގައި އޮންއްނާނެކަމަށެވެ.

މިދިޔަ ސަރުކާރުން ގުޅިފަޅު ހިއްކާން ނިއްމިވަރަށްވުރެ ބޮޑަށް މި ސަރުކާރުން ހިއްކާން ނިއްމުމާ ގުޅިގެން ގުޅީފަޅުން އިތުރު 1،347 ގޯތި ދެވޭނެ ޖާގަ ލިބުމާ ގުޅިގެން ހައުސިން މިނިސްޓްރީން ގިރާވަރު ފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން ގުޅީ  ފަޅަށް ގޯތި ބަދަލު ކުރަން އެދޭ މީހުން އެކަމަށް އެދި ހުށައެޅުމަށް ހުޅުވާލި ފުރުސަތުގައި  2،210 މީހަކު ވަނީ ގޯތި ގުޅީ ފަޅަން ބަދަލު ކުރުމަށް އެދި ހުށައަޅާފަ އެވެ.

ހައުސިން މިނިސްޓްރީން ވިދާޅުވި ގޮތުގައި ގުރުއަތުނަގާ ފޮއްޓަށް އެނީހެއްގެ ނަން އަމިއްލައިން ލުމުގެ ފުރުސަތު އެދުވަހުގެ 9:00 އިން 10:00 އަށް ލިބިގެންދާނެ ކަމަށެވެ.

އަދި ލިސްޓުގައި ހިމެނޭ މީހަކަށް އަމިއްލައަށް ހާޒިރުނުވެވޭނަމަ ނުވަތަ ބަދަލުގައި މީހަކު ފޮނުވަން ބޭނުންވާނަމަ އެ މައުލޫމާތު ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އެ މައުލޫމާތު ހުށަހެޅުމަށް ކަނޑައަޅާފައިވާ މުހުލަތަކީ މާދަމާ ހެނދުނު 10:00 އިން ފެށިގެން ހޯމަދުވަހުގެ މެންދުރު 12:00 އާ ދެމެދެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *