ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސްގެ ޓަވަރެއްގެ ލިފްޓުގައި ކުއްޖެއް ތާށިވެއްޖެ އެވެ.
މިޔަދު މެންދުރު ފަހު 2 ޖަހާލިހާއިރު ތާށިވި މި ކުއްޖާ ސަލާމަތް ކުރުމަށް ވަގުތުންވަނީ އެމްއެމްޑީއެފްގެ ފަޔާ އެންޑް ރެސްކިއުއިން އެ ޓަވަރަށް ގޮސް އެ ކުއްޖާ ސަލާމަތް ކޮއްފަ އެވެ.
މިކަމާ ގުޅިގެން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު މެންދުރު ވިނަރެސް ޓަވަރެއްގެ ލިފްޓުގައި ކުއްޖަކު ތާށިވެފައިވާ ކަމުގެ ރިޕޯޓު ލިބުމާ ގުޅިގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުއިން އެތަނަށް ގޮސް އެކުއްޖާ ސަލާމަތްކޮއް ލިފްޓަށް ދިމާވި މައްސަލަވެސް ހައްލު ކޮއްފައިވާ ކަމަށެވެ.


