މި މަހު 25 ވަނަ ދުވަހު ބްރިޗްކައިރީ މޫދުން މަރުމެގެން އޮޔާދަނިކޮއް ފެނިފައިވަނީ ނޭޕާލްއަށް ނިސްޕަތްވާ 25 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.
ޕޮލިހުގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ މަރުވެފައިވަނީ ނޭޕާލްއަށް ނިސްޕަތްވާ 30 އަހަރުގެ އަންހެނެއްކަމަށާއި އެމީހާގެ އާއިލާއަށް ވެސް އެކަން އަންގާފައިވާ ކަމަށެވެ.
ޝިފާން ވިދާޅުވީ އެ އަންހެން މީހާ މަރުވާން މެދުވެރިވި ސަބަބު ދެނެގަނެވިފައި ނުވާ ކަމަށާއި، މަރުވާން މެދުވެރިވި ސަބަބު ދެނެގަތުމަށް އަމަލު ކުރާނެ ވަކި ގޮތެއް އަދި ނުނިއްމާ ކަމަށެވެ.
މި މަހު 25 ވަނަ ދުވަހު ޕެޓްރޯލް އަޅައިގެން މާލެއަށް އައި ލޯންޗެއްގެ ކެޕްޓަންއަށް މި މީހާ ބުރިޖާއި ދިމާ މޫދުގައި ހަބަރު ހުސްވެފައި އޮއްވާ ފެނިގެން ފުލުހަށް ރިޕޯޓްކޮއްފައިވަނީ އެ ދުވަހުގެ މެންދުރު 12:30 ހާއިރު އެވެ.


