ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލު ބެލުމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓްއިން ފަށާފައިވާ ހާލު ބެލުން ޕްރޮގްރާމްގެ ދަށުން އިއްޔެ ގޭގެއަށް ޒިޔާރަތް ކުރަން ފަށައިފި އެވެ.
ސޯޝަލްއެންޑް ފެމެލީ ޑިވެލޮޕްމަންޓް މިނިސްޓްރީ މިޔަދު ވިދާޅުވީ އެއްމެ ފުރަތަމަ ހާލުބެލުމަށް ޒިޔާރަތް ކުރާނީ މާލޭ ހިޔާ ފްލެޓް ސަރަހައްދަށް ކަމަށެވެ.
އެ އިދާރާއިން ވިދާޅުވި ގޮތުގައި މިޔަދު ފެމެލީ ސެންޓަރުތަށް ހުރި ރަށްރަށުގައި ވެސް ގެ ތަކަށް ހާލު ބެލުމަށް ދާނެކަމަށެވެ.
މި ޕްރޮގުރާމްގެ ބޭނުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މީހުންގެ ހާލުބަލައި، ހާލުގައި ދިރި އުޅޭ މީހުނަށް އެމީހުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ މިނިސްޓްރީން ވިދާޅުވި އެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދާނީ ރައްޔިތުންނަށް ހިދުމަތްދޭ މުއައްސަސާތަކާއި، ކަމާގުޅުންހުރި އިދާރާތަކާއި އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އެހީ އަދި ބައިވެރިވުމާ އެކު އެވެ.
ތާވަލު ކުރެވިގެން ރާއްޖޭގެ ހުރިހާ ރަށެށްގައި މި ޕްރޮގުރާމު ހިންގަން ހަމަޖެހިފައިވީ ނަމަވެސް ބޮޑަށް ހާލުގައި އުޅޭ، އަވަހަށް އެހީ ބޭނުންވާ ފަރާތްތަކުން 1433 ކަށް ގުޅުމުން އެބައެއްގެ ކައިރިއަށް ކަމާބެހޭ ފަރާތްތަކުން ގޮސް އެހީ ފޯރުކޮށްދޭނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވި އެވެ.


