Tuesday, 28 July 2026

ފަލަސްތީނުގެ ހައްގުގައި އެންމެ ގިނަ މަސައްކަތް ކުރަނީ ރާއްޖެއިން: ހީނާ

ފަލަސްތީނުގެ ހައްގުގައި ދިވެހިރާއްޖެއިން މަސައްކަތް ކުރަމުންދާވަރަށް ބައިނަލް އަޤުވާމީ އެއްވެސް ގައުމަކުން މަސައްކަތް ކުރާހެން ހީނުވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ހީނާ ވިދާޅުވީ ރާއްޖެއިން ފަލަސްތީނު ރައްޔިތުންގެ ހައްގުގައި އަޅަން ޖެހިއްޖެ ކޮންމެ ފިޔަވަޅެއް އެޅުމަށް އޮތީ ތައްޔާރަށް ކަމަށެވެ.

އިސްރޭލު ޕާސްޕޯޓު މަނާ ނުކުރަނީ ކީއްވެތޯ ނޫސްވެރިޔާ ކުރި ސުވާލަށް ހީނާ ސީދާ ޖަވާބެއް ނުދެއްވަ އެވެ.

ހީނާ ވިދާޅުވީ ރާއްޖެއިން ފަލަސްތީނާއިމެދު ގެންގުޅޭ ސްޓޭންޑު ބަދަލު ނުކުރާނެ ކަމަށެވެ.

ދިވެހި ސަރުކާރުން ވަކިން ހާއްސަކޮއް ރާއީސް ޑރ. މުހައްމަދު މުއިއްޒުވަނީ ފަލަސްތީނާ އެއްކޮޅަށް ބައިނަލް އަގުވާމީ ކޮންފަރެންސްތަކުގައި ވާހަކަ ދައްކަވާފަ އެވެ.

އެގޮތުން އެމަނިކުފާނު މިހާރު އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)ގެ ހަތަރުވަނަ މަހާސިންތާގައި ބައިވެރިވެވަޑައިގަތުމަށް އެންޓީގާ އެންޑް ބާބިއުޑާއަށް ކުރައްވާ ދަތުރުފުޅުގައި ވެސް ވަނީ ފަލަސްތީނާ އެއްކޮޅަށް ވަކާލާތު ކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *