Tuesday, 28 July 2026

ފަލަސްތީނުގެ ހައްގުގައި 2 ނަމާދެއްގައި ގުނޫތު ކިޔަން ފަށަނީ

ފަލަސްތީނުގެ ހިތްދަތި ހާލާއި ގުޅިގެން މަޣުރިބު ނަމާދާއި ފަތިސް ނަމާދުގައި ގުނޫތު ކިޔުމަށް އަންގާނެ ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެެއްޖެ އެވެ.

މިނިސްޓަރު ޝަހީމް އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ފަލަސްތީނުގެ ހިތްދަތި ހާލަތާއި ގުޅިގެން މި ދެ ނަމާދުގައި ގުނޫތު ކިޔުމަށް އިމާމުންނަށް އަންގާނެ ކަމަށެވެ.

”މުސްލިމުންނަކީ އެއް ހަށިގަނޑެއް، އިސްލާމީ އުއްމަތަށް ދިމާވެފައިވާ ހިތްދަތި މި ވަގުތަކީ އިހުލާސްތެރި ކަމާއިއެކު ދުޢާ ކުރަންވީ ވަގުތު“  ޝަހީމް ކުރި ޓުވީޓްގައި ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު 7 ވަނަ ދުވަހު ހަމާސްއިން ދިން ކުއްލި ހަމަލާ ނިވާފަތްގަޑަކަށް ހަދައިގެން އެ ދުވަހުން ފަށައިގެން އިސްރާއީލުން ގެންދަނީ ޣައްޒާގެ އެކި ހިސާބުތަކަށް ވައިގެ މަގުންނާއި އެއްގަމު މަގުން ބޮން އަޅާ މީހުން މަރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *