މިއަދު ފެށުނު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް އިންތިހާބު ކޮއްފި އެވެ.
މިއަދު 9:00 ގައި އޮތް 20ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި އިންތިހާބު ކާމިޔާބު ކުރެއްވި 93 މެމްބަރުން ވަނީ މެމްބަރުކަމުގެ ހުވާ ކުރައްވާފަ އެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ހޮވި ވަޑައިގެންފައިވަނީ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުލްރަހީމް އަބްދުﷲ އަދި ނައިބު ރައީސަކަށް ހޮވިވަޑައިގެންފައިވަނީ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް އެވެ.
އިދިކޮޅު އެމްޑީޕީއިންވެސް ވަނީ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްކަމަށް ނަން ހުށައަޅުއްވާފަ އެވެ. މަޖިލީހުގެ ރައީސްކަމަށް އެމްޑީޕީއިން ހުށައެޅުއްވީ ނާޒިލްގެ ނަމެވެ. އަދި ނައިބެއްގެ ގޮތުގައި ހުށައެޅުއްވީ މަރަދޫ ދާއިރާގެ އެޕާޓީގެ މެމްބަރު އަހުމަދު ދީދީގެ ނަމެވެ.
މަޖިލީހުގެ ރައީސާއި ނައިބު ރައީސް ހޮވުމަށް ބޭއްވި މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އެވެ. އެމަނިކުފާނު ރިޔާސަތު ބަލަހައްޓަވާފައިވަނީ އެންމެ ގިނަ ދުވަހު މެދުކެޑުމެއްނެތި މެމްބަރުކަން ކުރެއްވި މެމްބަރެއްގެ ހައިސިއްޔަތުން ކަމަށް މަޖިލިސް އިދާރާއިން ވަނީ އިއްޔެ ވިދާޅުވެފަ އެވެ.
އަބްދުއްރަހީމްގެ ނަން ރައީސް ކަމަށް ގެންނަން ހުށައެޅުއްވީ ދިއްގަރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް އެވެ. އަދި ނާޒިމްގެ ނަން މަޖިލިސް ނައިބު ރައީސްކަމަށް ގެނައުމަށް އަހުމަދު ނާޒިމްގެ ނަން އުށައެޅުއްވީ މަޖިލީހުގެ ރައީސް އަދި ލ. ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އެވެ.
76 މެމްބަރުމްގެ ބޮޑު އަގުލަބިއްޔަތަކާއި އެކު 20 ވަނަ މަޖިލީހުގެ ސުޕަ މެޖޮރިޓީ ހިފަހައްޓާ ސަރުކާރު ކޯލިޝަންއިން މަޖިލީހުގެ ރައީސް ނައިބު ރައީސްގެ އިތުރުން ބަޔެއް ކޮމޮޓީތަކަށް ވެސް ވަނީ މުގައްރިރުން އައްޔަން ކުރައްވާފަ އެވެ.


