20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެ ވަޑައިގަތް 93 މެމްބަރުންނާއި، 20 ވަނަ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ހުވާ ކުރައްވައިފި އެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި 93 މެމްބަރުން ހުވާ ކުރެއްވުން އޮތީ އެކަމަށްޓަކައި މިޔަދު 9:00 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ޖަލްސާއެއްގަ އެވެ.
ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ހުސްނުއް ސުއޫދު އެވެ. އަދި މި ޖަލްސަަގެ ރިޔާސަތު އެއްމެ ގިނަ ދުވަހު މެދުކެޑުމެއްނެތި މަޖިލިސް މެމްބަރުކަން ކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން ބަލަހަައްޓަވާފައިވަނީ އަހުމަދު ޝިޔާމް އެވެ.
މިދިޔަ އޭޕްރީލްމަހުގެ 21 ވަނަ ދުވަހު ބޭއްވުނު މަޖިލިސް އިންތިހާބުގައި ސަރުކާރު ހިންގާ ކޯލިޝަންއިން ވަނީ 73 ގޮޑި ކާމިޔާބުކޮއް މަޖިލީހުގެ ސުޕަ މެޖޮރިޓީ ނަގާފަ އެވެ. ސަރުކާރަށް ތާއީދު ކުރާ މެމްބަރުންގެ ޖުމްލަ އަދަދަކީ 75 ކެވެ. އިދިކޮޅު އެމްޑީޕީއަށް ކާމިޔާބު ވެފައިވަނީ 11 ގޮޑި އެވެ.
އިއްޔެ ވަނީ ސުޕަ މެޖޮރިޓީ އޮތް ޕީއެންސީއިން މަޖިލީހުގެ ބަޔެއް ކޮމިޓީތަކަށް މުގައްރިރުން ކަނޑައަޅުއްވާފަ އެވެ. އެގޮތުން މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް މާމިގިލީދާއިރާގެ އިންތިހާބީ ކެޑިޑޭޓް ގާސިމް އިބްރާހިމް އަދި 241 ކޮމިޓީގެ މުގައްރިރަކަށް ހަމަޖެއްސެވީ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމެވެ. ސަލީމަކީ ކުރީން ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރެވެ.
20 ވަނަ މަޖިލީހުގައި ގިނައީ އަލަށް ހޮވި ވަޑައިގަތް މެމްބަރުންނެވެ.


