Tuesday, 28 July 2026

އިންޑިއަން ނޭވަލް އެކަޑަމީގެ 39 ވަނަ ނޭވަލް އޮރިއެންޓޭޝަން ކޯހުގައި އެމްއެންޑީއެފްގެ އޮފިސަރެއް ބައިވެރިވެއްޖެ

އިންޑިއަން ނޭވަލް އެކަޑަމީގެ 39 ވަނަ ނޭވަލް އޮރިއެންޓޭޝަން ކޯހުގައި އެމްއެންޑީއެފްގެ އޮފިސަރެއް ކަމަށްވާ ކެޑޭޓް މުހައްމަދު އިޒުމީލް ބައިވެރިވެއްޖެ އެވެ.

އިންޑިއަން ނޭވަލް އެކަޑަމީ (އައިއެންއޭ) ގައި ހޮނިހިރު ދުވަހު ބޭއްވި ޕާސިން އައުޓް ޕެރޭޑާއެކު އެކި ކޯސްތަކުން ތަމްރީނު ލިބުނު 216 ދަރިވަރުން ވަނީ އެބް-އިނީޝިއޯ ޓްރެއިނިންގެ ނިމުން ފާހަގަކޮށްފައެވެ. ތަމްރީނު ލިބުނު ދަރިވަރުންގެ ތެރޭގައި ހިމެނެނީ 34 އަންހެން ދަރިވަރުންނާއި، ބޭރު ގައުމުތަކުގެ 10 ދަރިވަރެކެވެ.

ރާއްޖެއިން މި ކޯހުގައި ބައިވެރިވި އިޒުމީލް ކޯހުން ފާސްވެފައިވާތީ ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ވަނީ އެކަން ފާހަގަކޮށް އޭނާއަށް މަރުހަބާ ކިޔާފައެވެ.

މި ކޯހުގެ ނިމުން ފާހަގަކުރުމުގެ ގޮތުން ވަނީ ހާއްސަ ޕެރޭޑަކާއި އެކު ބޮޑު ރަސްމިއްޔާތެއް ބާއްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *