Tuesday, 28 July 2026

ރަފަހްގެ ޓެންޓުތަކަށް އިސްރާއީލުން ދިން ބޮމުގެ ހަމަލާގައި އެތައް ބަޔަކު ޝަހީދުވެއްޖެ

ޣައްޒާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ރަފަހުގެ ހުޅަނގު އުތުރުން އިންޓާނަލް ޑިސްޕްލޭސްޑް ޕަރސަންސް (އައިޑީޕީ) ހުންނަ ޔޫއެންއާރްޑަބްލިއުއޭ ކޭމްޕަކަށް އިސްރާއީލުގެ މަތިންދާ ބޯޓުތަކުން ދިން ހަމަލާއެއްގައި އެތައް ބަޔަކު ޝަހީދުވެއްޖެއެވެ.

ފަލަސްތީނުގެ ނިއުސް އެޖެންސީ ވަފާއިން ބުނި ގޮތުގައި މި ހަމަލާގައި 40 މީހުން ޝަހީދުވެފައިވާއިރު، =އެތައް ބަޔަކު ވަނީ ޒަހަމްވެފަ އެވެ.

އިސްރާއިލުން މި ހަމަލާ ދީފައި މިވަނީ ހަމާސްގެ ހަތިޔާރު އެޅި ގޮފިން އާދީއްތަ ދުވަހު އިސްރާއީލުގެ ވިޔަފާރީގެ މައި މަރުކަޒު ކަމަށްވާ ތެލްއަވީވްއަށް "ބޮޑު ރޮކެޓް ބެރޭޖެއް" ފޮނުވާލާފައިވާ ކަމަށް ބުނެފައި ވަނިކޮށެވެ.

ޓެލެގްރާމްގައި އެޒެދީން އަލް ކަސާމް ބްރިގޭޑުން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އެ މީހުން ތެލް އަވީވްއަށް އަމާޒުކޮށްފައި ވަނީ "އާންމުންނާ ދެކޮޅަށް ޒަޔަނިސްޓުން ހިންގި ޖަރީމާތަކާ ގުޅިގެން" ކަމަށެވެ.

ހަމާސްއިން މިހެން ބުނެފައި މިވަނީ މިދިޔަ ހޮނިހިރު ދުވަހު ޣައްޒާގެ އުތުރުގައި އޮންނަ ޖަބަލިއާގައި ހިނގި ހަމަނުޖެހުންތަކުގައި އެ ޖަމާއަތުގެ ހަނގުރާމަވެރިން އިސްރާއީލު ސިފައިން އަތުލާފައިވާ ކަމަށް ބުނެފައި ވަނިކޮށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *