ފްރާންސްއިން ރާއްޖެއާއި އަވައްޓެރި ސްރިލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޯން-ފްރަންސުއާ ޕަކްތެތު ކުއްލިގޮތަކަށް އަވަހާރަ ވެއްޖެއެވެ.
ލަންކާ ފުލުހުންނާއި ހަވާލާދީ އެގައުމުގެ ނޫސްތަކުން ބުނާގޮތުގައި އެމަނިކުފާނު މަރުވެފައި އޮތީ ދިރިއުޅުއްވާ ކޮޓަރި ކޮޅުތެރޭގައެވެ.
އަވަހާރަވިކަން އެގުނީ އެމަނިކުފާނު ނުކުމެވަޑައިނުގަނެގެން ކޮޓަރި ތެރެއަށް ވަދެ ބެލުމުންކަމަށް ފުލުހުންނާއި ހަވާލާދީ ލަންކާ ނޫސްތަކުން ބުނެއެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ދަނީ އެމަނިކުފާނުގެ ހަށިކޮޅުގެ ޕޯސްޓުމޯޓަމް ހަދައި ތަހުގީގު ކުރަމުންނެވެ.
ފްރާންސް ސަފީރު ހަވަހާރަވުމާއި ގުޅިގެން ރާއްޖޭގެ ހާރިޖީ ވަޒީޒު މޫސާ ޒަމީރު ވަނީ އެކްސް މެދުވެރިކޮށް އެމަނިކުފާނުގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ ހިތާމަފާޅު ކުރައްވާފަ އެވެ.


