ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުނުއިރުވެސް މިނިސްޓްރީ އޮފް އެޑިއުކޭޝަންއިން ވާންޖެހޭ ތައްޔާރީތައް ނުވާތީ އެކަމުގެ ކަންބޮޑުވުން އިދިކޮޅު އެމްޑީޕީއިން ފާޅުކޮށްފި އެވެ.
ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާއި ގުޅިގެން އެމްޑީޕީއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ މިނިސްޓްރީން ވާން ޖެހޭ ތައްޔާރީތައް ވެފައި ނެތުމުން ދަރިވަރުން ސްކޫލުގައި ހޭދަކުރާ ވަގުތު ކުރުކޮށް އެކަން ފޮރުވުމަށް ކުރާ މަސައްކަތް އެ ޕާޓީން ކުށްވެރި ކުރާކަމަށެވެ.
ސުކޫލު ހުޅުވުނު އިރުވެސް ފޮތްތަށް ހަމަނުވާ ކަމުގެ ޝަކުވާ ދަނީ ގިނަ ބެލެނެވެރިން ކުރަމުން އަދި ޓީޗަރުން ހަމަނުވުމުގެ ޝަކުވާ ދަނީ ޕްރިންސިޕަލުންނާއި ޓީޗަރުން ކުރަމުން“ އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
އެމްޑީޕީއިން ބުނީ އެކަމާ ހިތްހަމަ ނުޖެހިގެން ސޯޝަލް މީޑިއާގައި އެވާހަކަ ދައްކާ މީހުންނާއިމެދު ފިޔަވަޅު އަޅާނެކަމަށް އަންގާކަމުގެ ޝަކުވާ އެ ޕާޓީއަށް ލިބެމުންދާ ކަމަށެވެ.
ދިރާސީ ކަލަންޑަރަށް އެއްވެސް ބެލުމެއްނެތި އެކި ފަހަރުމަތިން ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން ދަރިވަރުންނަށް ފިލާވަޅުތަކުގެ ބޮޑު ބަޔެއް ގެއްލި އުގެނުމުގެ ތަރުތީބަށް ނުހަނުގިނަ ގެއްލުންތަށް ލިބެމުންދާކަން ހިތާމަޔާއެކު އެ ޕާޓިީންވަނީ ފާހަގަކޮއްފަ އެެވެ.
”އަދި ވިއްސާރަ ބަހަނާއަކަށް ހަދައި ފުރަތަމަ ހަފްތާގައި ކިޔަވަދޭ ވަގުތު ކުރު ކުރުމުން ދަރިވަރުންނަށް ގެއްލޭބައި އިތުރުވުމަކީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ކަމެއް“ އެމްޑީޕީގެ ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ކުއްލިޔަކަށް ނިންމާ ނިއްމުންތަކުން ދަރިވަރުންނާއި ޓީޗަރުންނަށް ދިމާވެދާނެ ބޮޑެތި ގެއްލުންތަކުން އެ ކުދިންނާއި ސަލާމިތްކޮށް މި ދިރާސީ އަހަރުގައި އެޑިއުކޭޝަނުން ނިންމާ ނިންމުންތަކަކީ ތައުލީމީދާއިރާއަށް ފައިދާ ހުރި ނިންމުން ތަކަކަށް ހެދުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.


