މިއަދު މެންދުރު ސިނަމާލެ ބްރިޖާއި ދިމާލުން އޮޔާދަނިކޮށް ފެނިގެން އައިޖީއެމްއެޗަށް ގެންގޮސްފައިވަނީ އަންހެނެއް ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ ސްޕޯކްޕާސަން އަހުމަދު ޝިފާން ވިދާޅުވީ މިޔަދު ބުރިޖްކައިރިން މީހަކު އޮޔާދަނިކޮށް ފެނިގެން ލޯންޗަކުން ކުރި ރިޕޯޓަކާ ގުޅިގެން ޑިންގީއެއްގައި ފުލުހުން ގޮސް އެމީހާ ނަގައިގެން އައިޖީއެމްއެޗަށް ގެންދިޔަ އިރުވެސް އެ އަންހެން މީހާ އޮތީ މަރުވެފައި ކަމަށެވެ.
މިކަމާ ގުޅިގެން އައިޖީއެމްއެޗްއިން ވިދާޅުވީ އެމީހާ ގެނައި އިރުވެސް އޮތީ މަރުވެފައި ކަމަށާއި އެ މީހާއަކީ ދިވެއްސެއްކަން ނުވަތަ ބިދޭސީއެއް ކަމެއްވެސް އަދި އުމުރެއްވެސް ސާފު ނުވާކަމަށެވެ.
މިހާރަކަށް އައިސް ވާނުވާ ނޭނގި މީހުން މަރުވާ މައްސަލައަކީ ވަރަށް އާނމު މައްސަލައެކެވެ. މިފަހުން ރިސޯޓެއްގައި މޫދަށް އެރުނު މީހަކު ސަލާމަތް ކުރަން އެރުނު މީހަކުވެސް ވަނީ މަރުވެފައެވެ.


