ގެނބުނު ފަތުރުވެރިއަކު ސަލާމަތް ކުރަން އެރުނު ދިވެއްސަކު ގެނބިގެން މަރުވެއްޖެއެވެ.
އެކަމާ ގުޅިގެން ފުލުހުން ވިދާޅުވީ އދ. ސެންޓަރާ ރިސޯޓްގައި މޫދަށް އެރި އުޅުނު ފަތުރުވެރިއެއް ގެނބިގެން އެ މީހާ ސަލާމަތް ކުރަން މޫދަށް ފޭބި މީހަކު ގެންބިގެން ފަރުވާދެމުންދާ ކަމަށް މިއަދު ހެނދުނު 11:05 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ، އެމީހާ ދަނގެތި ހެލްތް ސެންޓަރަސް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހެލްތް ސެންޓަރުން މައުލުމާތު ދީފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވި ގޮތުގައި އެއީ 39 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިހާދިސާގައި ގެނބުނު ފަތުރުވެރިޔާގެ ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބޭ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ފުލުހުން އިތުރަށް ވިދާޅުވީ އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ.


