މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާއި ބެހޭ ޤައުމީ އިދާރާ، މެޓުން ހއ. އިން ވ. އަތޮޅަށް އޮރެންޖު އިންޒާރު ނެރެފިއެވެ.
މެޓް އޮފީހުން ވަނީ މިއަދު 11:15 އިން 15:15 އަށް މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ގަޑިއަކު 34 މޭލާއި 40 މެލަށް ވައިގަދަވާނެކަމަށް ލަފާކޮށްފައެވެ.
މީގެއިތުރުން ވިލާގަނޑުގައި ގަނޑިއަކު 60 މޭލަށް ވައިގަދަވެ، ކަނޑުތައްވެސް ގަދަވާނެކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
މުޅި ރާއްޖެއަށް މޫސުން ގޯސްވެފައިވާތީ ކަނޑުދަތުރު ކުރުމުގައި ސަމާލުކަން ދޭން ކަމާއި ބެހޭ އިދާރާތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.


