މަގާމުތަކަށް ބަދަލު ގެންނަނަނީ ސަރުކާރު ހިންގުން ހަރުދަނާކޮށް ރަނގަޅުކުރުމަށް ކަމަށް ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ
ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ބްރީފިންގައި ނޫސްވެރިއަކު ވަނީ ސިޔާސީ މަގާމުތަކަށް ގެންނަ ބަދަލުތަކާއި ގުޅުވައި ސުވާލުކޮށްފަ އެވެ. އަދި ސަބަބު އޮޅުންފިލުވައިދޭން އެދިފަ އެވެ.
ހީނާ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރު ހިންގުމުގައި އެމަނިކުފާނަށް ފަސޭހަފުޅުވާ ގޮތަށް ކަންކަން ބައްޓަން ކުރެއްވުމަށް އެމަނިކުފާނަށް ބާރު ލިބިގެންވާ ކަމަށާއި އެގޮތުް ކުންފުނިތަކަށް މީހުން އައްޔަންކުރުމާއި ބަދަލުކުރުމާއި ވުޒާރާތަކަށް މީހުން އައްޔަންކުރުމާއި ބަދަލުކުރުން ހިމެނޭ ކަމަށެވެ.
އިއްޔެއިން ފެށިގެން ސަރުކާރުގެ ބައެއް އިސް މަގާމުތަކުން މީހުން ވަކިކުރުމާއި ސަސްޕެންޑްކުރުމުގެ ކަންތަކެއް ހިނގަމުން އެބަދެ އެވެ. ސަރުކާރު ކުންފުނިތަކެއްގެ އިސް މަގާމުތަކުގެ ތިބި ބަޔަކު ވަކިކޮށްފައިވެ އެވެ. އަދި އެމްއެމްޕީއާރުސީން ދެ ބޯޑު މެންބަރަކު އިސްތިއުފާ ދީފައިވެސް ވެ އެވެ.


