Tuesday, 28 July 2026

އެމްއެމްޕީއާރުސީގެ އެމްޑީގެ މަގާމުން ކުޑީ ވަކިކޮށްފި!

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ)ގެ މެނޭޖިން ޑިރެކްޓަރު ކަމުން ފާތުމަތު ތައުފީގު (ކުޑީ) ވަކިކޮށްފި އެވެ.

އޭނާ މިއަދު މަގާމުން ވަކިކޮށްފައިވާކަން ރާއްޖެ24 އަށް ވަނީ ކަށަވަރުވެފައެވެ. އޭނާ އެމަގާމަށް އައްޔަންކޮއްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުގައެވެ.

ފާތިމަތު ތައުފީގު އެ މަގާމުން ވަކި ކުރެއްވި ސީދާ ސަބަބެއް އަދި ނޭނގެ އެވެ.

ފާތިމަތު ތައުފީގު އެ މަގާމުން ވަކި ކުރެއްވި އިރު، އެ ކުންފުނީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އައިޝާ ނޫރްއައިން ޖަނާހު އަދި ކުންފުނީގެ ބޯޑު މެމްބަރެއް ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

މައުލޫމާތު ލިބޭގޮތުގައި ކުންފުނި ހިންގަމުން އައްނަގޮތާމެދު އެ ކުންފުނީގެ ބޯޑާއި ފާތުމަތު ތައުފީގާވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *