މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން މާލެ-ހުޅުމާލެ ފެރީ ވަގުތީގޮތުން މެދުކަނޑާލާފައިވާކަމަށް އެމްޓީސީސީއިން ބުނެފިއެވެ.
އެމްޓީސީސީން ނެރުނު ނޯޓިސްގައި ވަނީ މިހާރު ކުރަމުންދާ ގަދަ ވިއްސާރައާއި ގުޅިގެން ގްރޭޓަރ މާލެ ސަރަހައްދުގެ ފެރީގެ ހިދުމަތަށް ބުރޫއެެރުމަކީ އެކަށީގެންވާކަމެއް ކަމަށް ބުނެފައެވެ. އަދި މާލެ-ހުޅުމާލެ ފެރީ ވަގުތީގޮތުން މެދުކަނޑާލާފައިވެސް އެ ކުންފުނިން ބުނެއެވެ.
މާލެ ސަރަހައްދަށް މިޙާރު ކުރަމުންދާ ވިއްސާރަ އާއި ގުޅިގެން އެމްޓީސީސީގެ ބަސް ރޫޓްތަކަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން ރަސްފަންނު ސަރަހައްދުގައި ފެންބޮޑުވުމާއި ގުޅިގެން އެ ސަރަހައްދުތަކުން ދަތުރުކުރާ ބަސްތަކުގެ ރޫޓް ބަދަލުކުރިކަން އެމްޓީސީސީއިން ވަނީ އަންގާފައެވެ.
އެމްޓީސީސީއިން ވަނީ މޫސުމާއި ބެހޭ އިދާރާތަކާއި، ސަލާމަތީ ބާރުތަކުންނެރޭ އިރުޝާދުތަކަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ.


